ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް: ރައީސް ނަޝީދު

376730 3 Cd9a7f10187b86c2ffaa3b0d1a4326a283e03415 Medium
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތްޔިތުންގެ މަޖިލީހަށްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިޖުތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ދެކެވަޑައިގަތުމުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އަދި ޤާނޫނުއަސާސީގެ ނަޒަރުގައި އެއަށް ބަދަލެއް ގެންނަން ބޭނުންވާނަމަ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަންޖެހޭނެކަމަށާއި، އެންމެ ފަހުގެ ނިންމުން އޮންނާނީ ސީދާ ރައްޔިތުންގެ އަތްމަތީގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ނަޝީދުގެ މި ބަސްފުޅުތައް އައިސްފައިވަނީ، ޤާނޫނީ ގޮތުން ނިންމަވަންޖެހޭ މުހިންމު ތިން ނިންމެވުމަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވޯޓެއް ނަންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، ވެރިކަން ބަދަލުވާ ދުވަސް ޖުމްހޫރީ ދުވަހަށް ބަދަލުކުރުމާއި، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ރައީސަކު އިންތިޚާބުކުރާ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައިިވެއެވެ.

HajjCop_ads
Advertisement

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަޝީދުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ފައްޔާޒަށް

އައު ޓާމިނަލްގެ ފިނި ހުރީ 15 ޑިގްރީ، އެތަން މާ ފިނި: ނަޝީދު

ފާސް ހޯދުމަށް ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައެއް ނުވޭ: ދިވެހި ޚާރިޖިއްޔާ