ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެހީ ޖަމިއްޔާއިން މުއްދު ނަގަން ފަށައިފި

Ehee
STO_Ads

“އެހީ” ޖަމިއްޔާއިން މުއްދު ނެގުމުގެ ހިދުމަތް ފަށައިފިއެވެ.

އެ ޖަމިއްޔާ އިން ބުނީ ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މުއްދުގެ ގޮތުގައި ފަގީރަކަށް ނުވަތަ މިސްކީނަކަށް ކާންދިނުމުގެ ޕްރޮގްރާމް އެހީ ޖަމިއްޔާއިން ކުރިން އަހަރުތަކެގޭ އެއްފަދައިން މިއަހަރުވެސް އެބަ ކުރިޔަށް ގެންދާ ކަމަށެވެ.

ގެއްލިފައިވާ ކޮންމެ ރޯދައަކަށް މިސްކީނެއްގެ ކެއުން ހަމަޖައްސައިދިނުމަށް އެހީ ޖަމިއްޔާއިން ކަނޑައަޅާފައިވާ އަގަކީ 75 ރުފިޔާއެވެ. އެހީ ޖަމިއްޔާއިން ވަނީ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު 7803433 އަށް ރޯދައިގެ ޢަދަދު ޖެހުމަށް ފަހު ވައިބަރ ކުރުމަށް  އިލްތިމާސްކޮށްފައެވެ.

Maldivian_Ads

ފައިސާ ޖަމާކުރާނެ އެކައުންޓް:

ބީ.އެމް.އެލް އިސްލާމިކް

އެކައުންޓް ނަމްބަރ: 7770000014821

އެކައުންޓް ނަން: އެހީ ޖަމިއްޔާ

މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ހަރަދު ތަކަށް ބޭނުންކުރެވިގެންދާނެ ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދީފައި ވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި