ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ މަގުތަކަށް ދޫކޮށްފައިވާ 460 އަށްވުރެ ގިނަ އުޅަނދު ނަގައިފި

L 2023 02 14 120414 7kq3gjhdnc8om2bxlui41fvtrw6ps9aey5z En
TTH_Ads
STO_Ads
Advertisement

ލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 468 އުޅަނދު ނަގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ. މި މަސައްކަތަކީ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ކުރެވޭ މަސައްކަތެކެވެެކެވެ.

ނެގުނު އުޅަނދުތަކުގެ ތަފްޞީލު:
• އިންޖީނުލީ ދެފުރޮޅުލީ: 432
• ހަތަރު ފުރޮޅުލީ: 33
• ބައިސްކަލު: 3

މި މަސައްކަތް ފެށިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މި މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ މަޤްޞަދަކީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމެވެ.

HajjCop_ads
Advertisement

ނެގޭ އުޅަނދުތަކާމެދު ޢަމަލުކުރެވޭ ގޮތް:
1. ޓޯވޔާޑަށް ގެންދާތާ 7 ދުވަސް ވުމުން ވެރިފަރާތް ހާޒިރުވުމަށް އިޢުލާންކުރެވޭ
2. ދެ މަސް ފަހުން ވެރިފަރާތް ހާޒިރުނުވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅޭ
3. އޭގެފަހުން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޅަނދު ނައްތާލެވޭ

ފާއިތުވި މަހު 446 އުޅަނދު ނައްތާލާފައިވާކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތަކީ މާލޭގެ މަގުތައް ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުފަހަރަށް ފަސޭހަވާނެ ގޮތަކަށް އިންތިޒާމުކުރުމަށް ކުރެވޭ މަސައްކަތެއްކަން ފުލުހުން ވަނީ އިތުރަށް ހާމަކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި