ރިސޯޓެއް ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިފައި ވަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު ފިރިހެން ފަތުރުވެރިއެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފަތުރުވެރިޔާއާ ބެހޭ އިތުރު މައުލޫމާތު އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.