ޗައިނާގެ ޔުނާން ޕްރޮވިންސް ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޔުނާން ޕްރޮވިންޝިއަލް ގަވަމަންޓް ސްކޮލާޝިޕަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ ޔުނާން ޕްރޮވިންސް ސަރުކާރުން ކުރިއަށްގެންދާ ޔުނާން ޕްރޮވިންޝިއަލް ގަވަމަންޓް ސްކޮލާޝިޕް 2025 ގެ ފަސް ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ފުރުސަތު ލިބިފައިވާ ލެވެލް ތަކަކީ އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓު، އަދި ޕީއެޗްޑީއެވެ.

މި ސްކޮލަޝިޕަށް ޝައުގުވެރިވާ ފަރާތް ތަކުން އެޕްލިކޭޝަން ހުށަހަޅާނީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 13.00 ކުރިންނެވެ.

ސަރުކާރުން މީގެކުރިން ވެސް ވަނީ އެކި ގައުމުތަކުން ދިވެހީންނަށް ސްކޮލާޝިޕްގެ ގިނަ ފުރުސަތުތަކެއް ހޯދައިދީފައެވެ.

އިޝްތިހާރު އިޝްތިހާރު