ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓަޑީ ކޭމްޕެއް ބާއްވަން ހއ. އަތޮޅު ކައުންސިލުން ސްކޫލްތަކަށް ބޮޑު އެހީއެއް

Ers
STO_Ads

ސްޓަޑީ ކޭމްޕް ބާއްވަން ހއ. އަތޮޅުގެ ކޮންމެ ސްކޫލަކަށް 10،000 ރުފިޔާގެ އެހީއެއް އެ އަތޮޅު ކައުންސިލުން ދީފިއެވެ.

ހއ. އަތޮޅުގައި ހިމެނޭ 14ރަށުގެ ސްކޫލްތަކަށް މި އެހީ ހަވާލުކުރީ މިއަދު ހއ. ދިއްދޫ ބަނަދަރުމަތީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެހީގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ.

ސްޓަޑީ ކޭމްޕް ބާއްވަން ކޮންމެ ސްކޫލަކަށް ވެސް ކައުންސިލުން ދިނީ 10،000 ރުފިޔާއެވެ.

Maldivian_Ads

ހއ. އަތޮޅު ކައުންސިލުން ބުނީ ދާއިމީ ގޮތެއްގައި އެފަދަ އެހީތައް ފޯރުކޮށްދިނުމަށް އެ ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު