ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާ މާރުކުރުމުގެ އައު ޤަވާއިދު: ދައުލަތުގެ ރަސްމީ ރިޒާވަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް

TTH_Ads
STO_Ads
Advertisement

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމަށް ލާޒިމްކުރާ އައު ޤަވާއިދު ތަންފީޒުކުރަން ފެށުމާއެކު، ދައުލަތުގެ ރަސްމީ ރިޒާވަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު:

• ޖެނުއަރީ މަހުގެ ނިޔަލަށް ރިސޯޓުތަކުން ބޭންކުތަކަށް 50 މިލިއަން ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވެއެވެ. މިއީ އެމްއެމްއޭއިން ކުރިން ލަފާކުރި އަދަދަށްވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

• 90% ރިސޯޓުތަކުން ޤަވާއިދާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

• ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވު 5% އިތުރުވެ، 708.1 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

• ޖެނުއަރީ މަހު ދައުލަތަށް ޓެކްސްއާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ 12% އިތުރުވެފައިވެއެވެ.

މި ޤަވާއިދުގެ ދަށުން ވިޔަފާރިތަކަށް ބޭރު ފައިސާގެ ދަތިކަމެއްނެތި މާރުކުރުމުގެ ފުރުޞަތު ލިބިގެންދާކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އަދި މި ޤަވާއިދު ރަނގަޅަށް ތަންފީޒުވެއްޖެނަމަ، ބޭންކު ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކުރުމާއި، ބޭރަށް ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު
ހެޔޮނިޔަތުގައި ރައްޔިތުންނަށް ފައިދާހުރި ކަންކަމުގއި ވިޔަފާރިވެރިންވެސް ޖެހޭނީ ދޫދޭން އެކަން މިޔަގީންވީ
އ އާނިސް
ވިޔަފާރިވެރިން ތިކަމާ ބުނާނީ ކީކޭބާ؟
ސ ސާނީ
އުމްރާއަށް ފުރާމީހުންނަށް 1500 ޑޮލަރ އިތުރަށް ލިބުމަކީ ވަަރަށް ބޮޑު ހިންހަމަ ޖެހުމެއް
އ އިދުރީސް
އުދަގޫ ނިންމުމެއް ރައީސް ނިންމެވީ، ރައީސުން ތިހެންވާންޖެހޭނެ

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި