ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިސްޓަރ ޠާރިޤު އިބްރާހީމްގެ ނަންފުޅު ރުހުން ހޯއްދެވުމަށް މަޖިލީހަށް

391488 72f61257 2 1200x800
TTH_Ads
STO_Ads

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އައު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ވަޒީރުކަމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރައްވާފައެވެ. މި ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި މި މައްސަލައާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު އިއްވުމަށްފަހު، އެ މައްސަލަ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިފައެވެ.

މި ބަދަލު ގެންނެވުމުގެ ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ފައިޞަލްގެ ޢައްޔަންކުރެއްވުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ފައިޞަލް ވަކިކުރެއްވި ސަބަބު ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

HajjCop_ads

މި ބަދަލާއެކު، ޠާރިޤު އިބްރާހީމްގެ ނަންފުޅު މަޖިލީހުގެ ރުހުމަށް ހުށަހެޅިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލަ މަޖިލީހުގައި ބަހުސްކުރެވި، ވޯޓަށް އެހޭނެކަމަށް ބެލެވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އޭޑީއެޗްޑީ އަށް ބޭނުންކުރާ ބޭސް ‘މެތައިލްފެނިޑޭޓް’ މަނާ ތަކެތީގެ ލިސްޓުން އުނިކުރަން ސަރުކާރުން ހުށަހަޅައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

Majlis

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި