ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިލް އަނބުރާ ފޮނުވާލެއްވީ ހަތް ފަނޑިޔާރުންގެ ޤާބިލްކަން ވަޒަންކުރެވޭނެ ޙާލަތެއް މިހާރު ނެތުމުން: އުޝާމް

Ushaam 1024x683 r2osfzjbjo1dd7lr68
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ފަސް ވަނަ އިޞްލާހު ގެނައުމުގެ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވި ސަބަބު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އިތުރަށް ސާފުކޮށް ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑޮކްޓަރ މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފި ކަމަށެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައިި ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

ބިލް އަނބުރާ ފޮނުއްވާލެއްވި ސަބަބުތަކާއި ގުޅޭގޮތުން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވީ އެ ބިލުގައި ބުނާ ގޮތަށް ހަތް ފަނޑިޔާރުންގެ ޤާބިލްކަން ވަޒަންކުރެވޭނެ ޙާލަތެއް މިހާރު ނެތް ކަމަށެވެ.

ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވުމާއި ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ހުރުމުން އަދި ޖިނާޢީ ތަޙުޤީޤެއް ހިންގަމުންދާތީ ދެން ތިބި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކޮށް ގޮތް ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

އަދި ނެތް ބިލްގެ ބައެއް މާއްދާތައް މިހާރު އޮތްގޮތުން ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ ބިލް ތަސްދީޤު ނުކުރައްވާ އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ބިލް ފޮނުއްވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވީ ކަމަށް އުޝާމް ވިދާޅުވި އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

DSC

ސަރުކާރުގެ އެންމެ އިސް ސިޔާސަ​​ތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން: ރައީސް