
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރީ މިއަދު ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައިވާގޮތުން މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް ،މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއާ ގުޅިގެން ނިންމުމަށް އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް އިއުލާނުގައިވެއެވެ.

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ފިންގާޕްރިންޓް ނެގުމުގެ މަސައްކަތް އެ މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ކުރަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފައެވެ.







ކިޔުންތެރިންގެ ހިޔާލު