ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދުގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.

ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ މަންމާފުޅު، ޒަމީރާ އަޙްމަދު އަވަހާރަވެވަޑައިގެންފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެކަމަނެ. އެކަމަނާ އަވަހާރަވެވަޑައިގެންފައިވަނީ އާލާސްކަންފުޅަކާ ގުޅިގެން އިންދިރާ ގާންދީ މެމާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންދަނިކޮށެވެ.

ޒަމީރާ އަޙްމަދަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ކަންވެސް ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު އިޝްތިހާރު

އަލްމަރްޙޫމާ ޒަމީރާ އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ. އާމީން.