ޓެކްނޮލަޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް މުދައްރިސުން ހޭނުމަށް ތަމްރީން ދިނުމަކީ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. ފަސްޓްލޭޑީ ސާޖިދާ ވަނީ މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތްތަކާއި އޯގާތެރިކަމާއެކު އުނގަންނައިދިނުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެންގެ ދަރިންނަށް މަގުދައްކައިދީ ތަރުބިއްޔަތުކޮށް، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ހަރުދަނާ އަދި އަޅާލާ މުޖުތަމަޢުތައް ބިނާކުރުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރާކަމަށް ފަސްޓްލޭޑީ ސާޖިދާ ވިދާޅުވިއެވެ. އަދި ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައި އާއެކު ތަރައްޤީވަމުންދާއިރު މުދައްރިސުންނަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށް މުދައްރިސުން ބާރުވެރިކޮށް، ތަމްރީނު ދިނުމަކީ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަނީ މުދައްރިސުން ކޮންމެ ދުވަހަކުވެސް އަޅާލުމާއި އޯގާތެރިކަމާއެކު ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ކްލާސްރޫމްގައި ކިޔަވާދޭ އެއްޗެއް ކުލާސްރޫމުން ބޭރަށް ދެމިގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު