ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަދޮރަކުން ކުޑަކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ ވީޑިއޯ ދައުރުކުރުން ހުއްޓާލުމަށް ފުލުހުން އިލްތިމާސް ކުރައްވަވައިފި

TTH_Ads
STO_Ads
Advertisement

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިޖުތިމާޢީ މީޑިއާގައި ފެތުރެމުންދާތީ، މި ވީޑިއޯ ދައުރުކުރުން ހުއްޓާލައި، އުނިކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ހާމަކުރެއްވި ގޮތުގައި މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

“މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ ޢާއިލާ، ޢާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެންދާނެ ކަމެކެވެ. ޢާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ ފަރުދަކަށްވެސް ނަފްސާނީގޮތުން އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ،” ފުލުހުން ވިދާޅުވިއެވެ.

HajjCop_ads
Advertisement

ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތައް ޓްރިގަރވެ، އެފަރާތްތައް ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މިފަދަ ފުޓޭޖްތައް ދައުރުކުރުމަކީ، އިޖުތިމާޢީ މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުމަށްވެސް ޢާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑްރަގް ނެޓްވޯކްތަކުގެ ފައިސާގެ މައްސަލަތަކަށް ފުލުހުންގެ ތަހުގީގުތައް އަމާޒުކޮށްފި

1 Suspect 69 075671a0ec

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!