ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2 މިލިއަން ފަތުރުވެރިޔާއި އެކު ތާރީހުގެ ތެރެއަށް

407991 3 8b5b3b654cb58f9b5a42fd039df1f8bc3be206f9 Large
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިއަދަކީ މިއަހަރުގެ 2 މިލިއަން ފަތުރުވެރިޔާ އައި ދުވަހެއެވެ. ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާގެ އަންހެން ފަތުރުވެރިއެކެވެ. އޭނާ ރާއްޖެ އައީ އާއިލާ އާއެކުގައި ގަތަރުގެ ވެރިރަށް ދޯހާ ރާއްޖެ އައި ގަތަރު އެއާވޭސްގެ ކިއުއާރު670 ފްލައިޓުން މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ

ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ވަނީ މިައަދުވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނސްޓަރ  އިބްރާހިމް ފައިސަލާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން އިތުރުން ގިނަބަޔަކު ބައިވެރިވިއެވެ.

HajjCop_ads
Advertisement

ސަރުކާރުން މި އަހަރު އަމާޒު ހިފީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިފި އަމާޒަށް ވާސިލްވެފައިވާ އިރު، ފަތުރުވެރިން ރާއްޖެ ގެނައުމަށް މީގެކުރިން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އިން އެކިއެކި ރިކޯޑުތައް ވަނީ ހާސިލްކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ރިކޯޑަކީ ފެބްރުއަރީ މަސް ތެރޭގައި ދެ ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިއީ އެއް މަހެއްގެ ތެރޭގައި މިހާ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވުނު ފުރަތަމަ ފަހަރެވެ

ރާއްޖެ އަންނަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިންމުމެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ޖޫން ނޫނީ ޖުލައި މަހުގެ ތެރޭގައި އެއާޕޯޓު އެއްކޮށް ހުޅުވުމެވެ. ީ ވެލާނާ އެއާޕޯޓުގެ އާޓާމިން ހުޅުވަށް ފަހުގެ މަސައްކަތްތަށް ކުރެވެމުން ދާއިރު މި ޕުރެޖެކްޓުގު ނުނިމި ހުރި މަސައްކަތަށް ބޭނުންވާ އިތުރު 40 މިލިއަން ޑޮލަރު އަބޫދާބީ ފަންޑުން ވަނީ ލިބިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

ސޫރިޔާގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް އިސްތިއުމާރީ ދައުލަތުން ބުނެފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި