ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައްޔާޒް ފާޑު ވިދާޅުވެއްޖެ

Xgdwll9s0rcsagywu4rkfh1nau1y9ovw2ntrxv4w
STO_Ads
TTH_Ads
Advertisement

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފައްޔާޒް މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ. މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ހަރަދު ކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް،” ފައްޔާޒް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފަހު ބޭނުންވާ އިގްތިސާދީ އިސްލާހީ އެޖެންޑާ ބަޖެޓުގައި ހިމެނިފައި ނެތް އިރު، ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި ބަޖެޓު ފޫބައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފެއިލްވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް. މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން. މިއީ ކަންބޮޑުވާ ފައިނޭންސިންގ ސްޓްރެޓެޖީއެއް. އަދި މިހާރުވެސް ނުހޯދިގެން އުޅޭއިރު، ކޮމާޝަލް ބޭންކްތަކުން ދޭނެކަމަށް ނިންމީ ކިހިނެއްބާ؟ ސަރުކާރަށް ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައި. މި ބަޖެޓުން މި ހީނަރުކަން ފިލުވައިދޭނެ ހައްލެ ނުފެނޭ. ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ބޮޑު.” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބޭންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައިވާ ކަމަށެވެ. އަދި ނުވިތާކަށް ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވައިދުން ފައިސާ ނުދައްކާއިރު، ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓާ އިތުރަށް ހީނަރުވާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

“ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި. މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް. ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުންވެސް ފެނޭ. މަޝްރޫއުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނެތް.” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ބަޖެޓުގައި ނެތެވެ. ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ބޮޑެތި ވައުދުތައް ވެސް ބަޖެޓުގައި ނުހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށް ނެތް. މި ބަޖެޓަކީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވަޢުދާ ހިލާފުވި ބަޖެޓެއް. ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް. މި ބަޖެޓުން މި ފެންނަނީ އިގްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން. މިއީ ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރެއް ނޫން.” ފައްޔާޒް ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ޑަބްލިއުޓީއޯ ސަރަޙައްދީ އެވޯޑްސްގެ ޕާޓްނަރަކަށް މޯލްޑިވިއަން