ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޔާސީ ވައުދާ އެއްގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކޮށްފި

Img 1751
TTH_Ads
STO_Ads
Advertisement

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި 2025 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންނަށް ޑިސެމްބަރު މަހުގެ ތެރޭގައި ބޮޑުޗުއްޓީ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ބަދަލަކީ 2021 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރި ބަދަލަށް ގެނެވުނު އިތުރު ބަދަލެކެވެ.

ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގެ ވަޢުދެއްގެ ގޮތުގައި ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރުމަށް ވިދާޅުވެފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި 2025 އިން ފެށިގެން މި ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މިގޮތުން 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ އޭޕްރީލް ހަވަނަ ދުވަހު ކަމަށާއި، ފުރަތަމަ ޓާމް ނިމޭނީ ޖުލައި 24 ގައި ކަމަށް ވެއެވެ. ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓް 10 ގައި ފެށި، ޑިސެމްބަރު 25 ގައި ނިމޭނެއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ޓާމް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27 ގައި ކަމަށްވުމާއެކު، 32 ދުވަހުގެ ބޮޑު ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެއެވެ. ކުރިން ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރި އެއް ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތް ހެދުމަށް ކަމަށްވީ ނަމަވެސް، އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ ބެލެނިވެރިން އެދެމުން އައީ އަހަރުގެ ފަހުކޮޅަށް ބޮޑު ޗުއްޓީ ބަދަލުކުރުމަށެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (5)

އެންޒޯ ގަތުމަށް ޗެލްސީން ފުރުސަތު ހުޅުވާލީ މާދަމާގެ 5 ޖެހުމާ ހަމައަށް

F

ކުޅުން ހުއްޓަލާނެކަމުގެ އިޝާރާތެއް ދިންތާ 24 ގަޑިއިރުތެރޭގައި މެސީ އެނބުރި ކުޅުމުގެ ތެރެއަށް!

WhatsApp Image 2026 08 13 at 11.36.40

ބީއެމްއެލް ބޭންކު ފަންޑު 5 ޖަމުޢިއްޔާއަކަށް

Original

ޤައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާނެ