ފާއިތުވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަޅުގަނޑުމެންގެ ދާއިރާގައި ކަންހިނގާދިޔަ ގޮތް ވަރަށް ކަންބޮޑުވޭ. ކޮންމެ ވޯޓަކަށް 2000 ރުފިޔާއިން ފެށިގެން 5000 ރުފިޔާއާ ހަމައަށް ދިން. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ، ކެމްޕޭން ތެރޭގައި ސޮއިކުރުވި އެއްބަސްވުންތަކަކީ ހަމަ ދޮގު ވަޢުދުތަކެއް. އިންތިޚާބު ނިމުނީއްސުރެ އެ ބޭފުޅުން ފެންނާކަށް ނެތް. ޒުވާނުންގެ ތަރައްޤީއަށް ކަމަށް ބުނެ ހުޅުވި ކުލަބުތަކަކީ ހަމައެކަނި ޑްރަގަށް މަގުފަހިވާ ތަންތަން. ޒުވާނުންގެ ޙައްޤުތަކަށް ވަކާލާތުކުރާނެ އެއްވެސް ފަރާތެއް ނެތް. ސިޔާސީ ޕާޓީތަކުގެ ޒުވާން ވިންގުތަކަކީވެސް ހަމައެކަނި ނަމުގައި އޮންނަ އެއްޗެހި. އަޅުގަނޑުމެންގެ މުސްތަޤްބަލް ވިއްކާލެވެމުންދަނީ ހަމަ ބައެއްގެ އަމިއްލަ ފައިދާއަށް. މިކަން ބަދަލުކުރެވޭނެ ގޮތެއް ނޭނގި ކަންބޮޑުވޭ.