ހދ. ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މިއަދު ކުމުންދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވައި، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ކުމުންދޫގައި މި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ޙަވާލުކޮށްގެން އިމާރާތްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ