ފުލުހުން ބުނީ ސެންޓްރަލް ޕާކުގެ ވަށައިގެން އޮންނަ ބަގީޗާ ހިނގުމުގެ ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 4:30 ވީ ފަހުން ކަމަށެވެ.
އެ އެކްސިޑެންޓްގައި، ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.