ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

Gojjtdiacaaulof
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް ޢިމާރާތްކުރަމުންދާ 14 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހަށް ހުޅުވުމަށް ތައްޔާރުވަމުންދާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ 3 މިސްކިތެއް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައިވެސް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

ނިމިދިޔަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި މުޅިން އަލަށް 15 މިސްކިތެއް ނިންމައި ބޭނުންކުރަން ފަށާފައިވެއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އައު މިސްކިތްތައް ހުޅުވުމުގެ އިތުރުން، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަންނަ ރަމަޟާން މަހަށް ތައްޔާރުވުމަށް ވެސް މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރިއަށްދާނެއެވެ. އަދި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކަކީ ދީނީ ޢިލްމު ފެތުރުމުގެ މަރުކަޒުތަކަކަށް ހެދުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް

Dr shaheem

ސިހުރު ހޯދަން މަހާނަ ކޮނުމަކީ ހަރާމްކަމެއް: ޝަހީމް

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް: ޝަހީމް