ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮވެންޓްރީ ސިޓީން ނިއުކާސްލް ބަލިކޮށްފި

Download (1)
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިންގްލިޝް ޕްރިމިއާ ލީގުގައި ކޮވެންޓްރީ ސިޓީން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށް، މި ސީޒަންގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ކޮވެންޓްރީގެ ބިލްޑިން ސޮސައިޓީ އެރީނާގައި ކުޅުނު މި މެޗު އެންމެން ހައިރާންކޮށްލާ ގޮތަށް 4-1 ގެ ނަތީޖާއަކުން ކޮވެންޓްރީން ކާމިޔާބުކުރިއެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި، ބޯޅަ ގިނައިރު ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. ނަމަވެސް، ލިބުނު ފުރުސަތުތަކުގެ އެންމެ ރަނގަޅު ބޭނުން ހިފައި ކޮވެންޓްރީންވަނީ ނިއުކާސްލްއަށް ބޮޑު ސިއްސުވައިލުމެއް ދީފައެވެ. މެޗުގެ ފެށުން ކޮވެންޓްރީއަށް އެންމެ ބޭނުންވި ގޮތަށް ދިޔައެވެ.

މެޗުގެ ހަވަނަ މިނެޓުގައި ކޮވެންޓްރީންވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ނިއުކާސްލްގެ ގޯލްކީޕަރު ލޫކަސް ހޯނިއެކް، ކޮވެންޓްރީގެ ސިޑީކީ ޗެރިފްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެކް ރުޑޯނީ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް، ދެ ޓީމުން ވެސް ލަނޑު ޖެހޭނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

HajjCop_ads
Advertisement

ދެވަނަ ހާފުގެ ފެށުމާއެކު، އޭގެ ދެވަނަ މިނެޓުގައި ޗެރިފްވަނީ ކޮވެންޓްރީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ނިއުކާސްލްއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ސުވެން ބޮޓްމަން ޖެހިއެވެ. ކޮވެންޓްރީގެ ތިންވަނަ ލަނޑު، މެޗުގެ 81 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އެލިސް ސިމްސްއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން، ސްޓެފަން އެމްފޫނީ ވަނީ ކޮވެންޓްރީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނިއުކާސްލްއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް، ކޮވެންޓްރީގެ ދިފާއީ އައްޑަނަ ފޫއަޅުވާލުމަށް އެ ޓީމަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

މިއީ މި ސީޒަންގައި ކޮވެންޓްރީން ކާމިޔާބުކުރި ދެވަނަ މެޗެވެ. އަދި މި ކާމިޔާބީއާއެކު އެ ޓީމު މިވަގުތަށް ރެލިގޭޝަން ޒޯނުން ދުރަށް ޖެހިލާފައިވާއިރު، ކުޅުނު ހަ މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ 14 ވަނައަށް ކުރިއަށް ޖެހިލާފައިވެއެވެ. ނިއުކާސްލް އުޅެނީ އަށް ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty 6988d54ace

ސިޓީން ލިވަފޫލް 3-0 އިން ބަލިކޮށްފި

Chelsea celebrate Jordan Henderson s second goal against Bournemouth

ބޯންމަތު އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

A8b1c670 b8f4 11f1 bd4a e9ce4be469f6.jpg

ޕްރިމިއާ ލީގުގެ ޤަވާއިދާ ޚިލާފުވިކަމަށް ބުނެ ސިޓީގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެ

E5C4TNWXBJKSZBSJUT7XB6GKH4

އުނދަގޫ މޮޅަކާއެކު ސިޓީ އެއްވަނައަށް