ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް

dr shaheem
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރިޔާޒުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށާއި ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، ދިވެހި ޢުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަދި ނުފެންނަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދަ ޙާލަތެއްގައި ޢުމްރާއަށް މީހުން ގެންދިއުމުގައި ސަޢޫދީ ސަރުކާރުން ނެރޭ ބަޔާންތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ޢުމްރާއަށް ދިއުމުގައި އެއްވެސް ނުރައްކަލެއް އޮތް ކަމަށް ސަޢޫދީ ސަރުކާރުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއް ކަމަށާއި، ޚާއްޞަކޮށް ދިވެހިރާއްޖެއިން އެކަމާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

HajjCop_ads
Advertisement

“އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަނީ، ސައޫދީ އަރަބިއްޔާއަށާއި، މާތްވެގެންވާ ދެ ހަރަމަށް ދުއާކުރުން މަތީ ދެމިތިބުމަށް. އެއީ އަޅުގަނޑުމެންދެކެ ލޯބިވާ، އަދި އަޅުގަނޑުމެން ޒިޔާރަތްކުރަންޖެހޭ މާތް ބިމެއް. އިންޝާﷲ، އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް އޮތްކަމުގެ ކަންބޮޑުވުމެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައެއް ނެތް. އަދި ކުރިއަށް އޮތްތާވެސް މިފަދަ ކަންބޮޑުވުމެއް ނޯންނާނެ ކަމަށް އުންމީދުކުރަން،” ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިވަގުތު އެ ކޯޕަރޭޝަނުގެ އެއްވެސް ޢުމްރާވެރިއަކު ސަޢޫދީ ޢަރަބިއްޔާގައި ނެތް ކަމަށެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންކުރާ މަގުތައް ތަފާތުވާނެ ކަމަށާއި، ޢުމްރާގެ އެންމެހައި ކަންކަމުގައި ކޯޕަރޭޝަނުން ޢަމަލުކުރަމުން އަންނަނީ ސަރުކާރުން ދެއްވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި މިވަގުތާ ހަމައަށް އެފަދަ އެއްވެސް ޚާއްޞަ އިރުޝާދެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dr shaheem

ސިހުރު ހޯދަން މަހާނަ ކޮނުމަކީ ހަރާމްކަމެއް: ޝަހީމް

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް: ޝަހީމް

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް