ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެލިކޮޕްޓަރު ޚިދުމަތް ފަށާއިރު އިނގިރޭސިވިލާތުގެ ސީއޭގެ ލަފާތަކަށް އިސްކަން ދޭނެ: އަމީން

Hva31be199w
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް އަލުން ފަށާނީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގައި، އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަންގެ އެސެސްމެންޓާއި ލަފާތަކާ އެއްގޮތަށްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ ވިޔަފާރީ އުސޫލުން އަދި މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތެއްގެ މަތިންނެވެ. މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން ހުޅުވާލާފައެވެ. އެންމެ ފަހުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 20 އާއި ހަމައަށެވެ.

ވަޒީރުންގެ އަހާ ފޯރަމްގައި ވަޒީރު ވިދާޅުވީ މަސައްކަތް ފެށުމަށް ބަލާއިރު ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ.

HajjCop_ads
Advertisement

އަޅުގަނޑުމެން އިރާދަކުރެއްވީއްޔާ މިހާރު ޚިދުމަތް ފަށަން ނިންމާފައި އޮތީ ޔޫކޭ ސީއޭގެ އެސެސްމެންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާއި އެކުގައި.

އަހާ ފޯރަމެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ 25 ވަރަކަށް އަހަރު ކުރިން މި ޚިދުމަތް ރާއްޖޭގައި ދެމުން އައި ނަމަވެސް، އޭރު ދިމާވި ހިތާމަވެރި ހާދިސާއަކަށް ފަހު މި ޚިދުމަތް އަލުން ފެށުމަށް ހަމައެކަނި އޮޕަރޭޓަރުންނަށް ވުރެ ބޮޑަށް ސަލާމަތީ މިންގަނޑުތަކަށް ބެލުން މުހިންމެވެ. މި ދިގު މުއްދަތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މި ޚިދުމަތަށް ހުރި ތަޖުރިބާއާއި ޓެކްނިކަލް އެކްސްޕާޓީސް ގެއްލިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށުން ބަލިމީހުން އުފުލުން ނުވަތަ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުން ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ނިންމެވުމެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، އެކަން ހަރުދަނާ ކުރުމަށް ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުން ވަރަށް މުހިންމެވެ.

ވަޒީރު އަމީން ވިދާޅުވީ، ދެވަނަ ފަހަރަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމަށް ފަހު މިހާރު މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ފެށުމުގެ މަރުހަލާގެ ބައެއް ކަންކަން ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޞިއްޙީ ކުއްލި ޙާލަތްތަކުގައި ދޭ ޚިދުމަތްތަކަށް ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.

މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ، 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ameen

ފަތުރުވެރިކަމަށް ދޫކޮށްފައިވާ 161 ތަނެއް ނުނިމި އެބައޮތް: ވަޒީރު އަމީން

Tourists

މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ: އަމީން

Qw

ވިލިނގިލީގައި އެއާޕޯޓާއި ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނޮވެމްބަރުގައި އާ ކުންފުންޏަކާ ހަވާލުކުރަނީ

DSC

ނާގޯށި ރިސޯޓް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ: އަމީން