ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިނގިލީގައި އެއާޕޯޓާއި ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނޮވެމްބަރުގައި އާ ކުންފުންޏަކާ ހަވާލުކުރަނީ

Qw
Maldivian_Ads
STO_Ads
TTH_Ads
Advertisement

ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ތަރައްގީ ކުރުމަށް ކުރިން ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށްފަހު، އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު އަންނަ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މި މަޢުލޫމާތު ހާމަކުރެއްވީ ރޭ ބޭއްވި “އަހާ” ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މަޝްރޫއު މި އަހަރު ފެށޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުބާއީގެ ބްރުޖުހަލީފާ ހެދި ބެލްޖިއަމްގެ ބީސިކްސް ގްރޫޕާއެކު ކުރިން ހަދާފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އާ ކޮންޓްރެކްޓަރަކާއެކު މަޝްރޫއު ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މީގެ ކުރިން ސޮއިކޮށްފައިވަނީ 2024 ފެބްރުއަރީ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. ޖުމްލަ 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ މި ބޮޑު މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ނުކޮށް، އިންވެސްޓްމަންޓް މޮޑެލްއެއްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ވިލިނގިއްޔާއި އެއާޕޯޓް އަޅާ ރަށް ކޯޒްވޭއަކުން ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 17 ކިލޯމީޓަރުގެ ދިގު ކޯޒްވޭއަކުން އެ ރަށްތައް ގުޅުވާލާނެ ކަމަށާއި، އެ ރަށުގައި ތަރައްގީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށް އޭރު ސަރުކާރުން ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓް ހިމެނޭއިރު، މި މަޝްރޫއު ނިމުމާއެކު ހުވަދޫ އަތޮޅުގެ ޓޫރިޒަމް އެނދުގެ އަދަދު 5،000 އަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ނާގޯށި ރިސޯޓް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ: އަމީން

ވިލިނގިލީގައި ތަރައްޤީކުރާ ވަޤުފް އިމާރާތް ޑިސެމްބަރުމަހަށް ނިންމަނީ

Big I9Crhzj124EUItAi3H4hl5rwK

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެއްބަސްވުމެއް

ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ: އަމީން