ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނާގޯށި ރިސޯޓް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ: އަމީން

DSC
TTH_Ads
Maldivian_Ads
STO_Ads
Advertisement

މީގެކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006 ވަނަ އަހަރު ކަމަށްވީ ނަމަވެސް، 19 އަހަރުވީއިރު ވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވިފައެއް ނުވެއެވެ. މިދިޔަ އަހަރު އޮގަސްޓު މަހު ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި ނާގޯއްޓަށް ވަޑައިގެން، މި އަހަރުގެ ތެރޭގައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

އަހާ ފޯރަމުގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ނާގޯށީގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މަސައްކަތް ކުރަމުން ދިޔައީ މި އަހަރުގެ ނޮވެމްބަރު މަހަށް ހުޅުވަން ކަމަށްވީ ނަމަވެސް، މިހާރު ލަފާކުރެވެނީ އަންނަ 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

HajjCop_ads
Advertisement

ނާގޯށި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަށް ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަސައްކަތް މީގެކުރިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްދެވިފައެއް ނުވެއެވެ. އެގޮތުން، ރަޝިއާގެ ތުރީކެއާ އިންޓަނޭޝަނަލް ކުންފުންޏަށާއި ދުބާއީގެ ކޮންޓްރެކްޓަކަށް އެ ރަށް މީގެކުރިން ދީފައިވެއެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ނުވަތަ 462.6 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނިނިމި ލަސްވުމާ ގުޅިގެން، އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ކުރިން ބާތިލު ވެސް ކޮށްފައިވެއެވެ. ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ވަނީ އަލުން އެ ރަށް 50 އަހަރަށް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މިދިޔަ އަހަރު އެ ތަން ތަރައްގީ ކުރަން އަލުން އެމްޓީޑީސީއާ ހަވާލުކުރީ ބީޗް ވިލާއާއި، ޖަކޫޒީ ބީޗް ވިލާއާއި، ވޯޓާ ވިލާ ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭ ގޮތަށެވެ. އެމްޓީޑީސީން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ރިސޯޓު ހުޅުވުމުން ރަށުގައި 600 ވަޒީފާ އުފެދިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big I9Crhzj124EUItAi3H4hl5rwK

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެއްބަސްވުމެއް

ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ: އަމީން

Big 94VwpB6DUWHjR3n4HjfMOy7i4

ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި

Qw

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ: ވަޒީރު އަމީން