ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިގަލު ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު: ހީނާ

DSC 1202 (1)
Maldivian_Ads
TTH_Ads
STO_Ads
Advertisement

އަންނަ އަހަރު ރާއްޖޭގެ ފަސް ހިރިގަލު މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

“އަހާ ފޯރަމް”ގެ 9 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވީ، ރާއްޖޭގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރަމުންދާތާ 13 އަހަރު ވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުވެސް ރާއްޖޭގެ ބައެއް ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވެއެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ޔުނެސްކޯއިން މި ތަކެތި ބަލައިގެންފައިވާ ކަމަށް ވުޒާރާއަށް އަންގާފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މަސައްކަތުގެ ތެރެއިން މިހާރު ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް ރާއްޖެއަށް އައިސް، މި ތަންތަން ބަލައި، އެ ރަށްރަށުގެ ރައްޔިތުންނާ ވާހަކަދައްކައި، ކަމާބެހޭ މުއައްސަސާތަކާ އެކީގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިހާރު އިވެލުއޭޝަން މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ފަހުކޮޅު މި ތަންތަން ލިސްޓުގައި ހިމެނިގެންދާނެ ކަމަށް. މިކަމުގެ ސަބަބުން އެ މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަންނާނެ. މި މިސްކިތްތައް ބަލަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ.

ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ. ދިވެހި ބަހުގެ އެކަޑަމީއަކީ ދިވެހި ބަސް ދިރުވައި އާލާކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާކަން ފާހަގަކުރައްވައި ވަޒީރު ހީނާ ވިދާޅުވީ، އެކަޑަމީން ތަފާތު އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ވާހަކަދެއްކުމުގެ މުބާރާތްތަކާއި، ޅެން ހެދުމުގެ މުބާރާތްތައްފަދަ ތަފާތު އެކި އަދަބީ މުބާރާތްތައް ކޮންމެ އަހަރަކު ގައުމީ ފެންވަރުގައި ބާއްވަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެކަޑަމީން އިތުރު ބަސްތައް ހިމެނޭ ގޮތަށް ދިވެހި ބަހުގެ ރަދީފު އަޕްގްރޭޑްކޮށް، އައު ރަދީފެއް ލޯންޗުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އީޖާދީ ގޮތެއްގައި ބަސް ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކާ ގުޅިގެން ތަފާތު ދިރާސާތައް ކުރަމުންދާ ކަމަށާއި، ބަހުގެ ހެކަތަން (ކެލިގްރަފީ)އާއި ބަހާ ގުޅޭ މައުރަޒެއް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ބަހުގެ ޤަވާޢިދުގެ ފޮތެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށާއި، މި ފޮތުގެ މަސައްކަތްތައް އަންނަ ނޮވެންބަރު މަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ދިވެހި ބަސް ދިރުވައި އާލާކޮށް، ބަސް އުވައި ނުލައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަފާތު އެކި ޕްރޮގްރާމުތައް ހިންގަވަމުންދެއެވެ. ބަހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މުޖުތަމަޢުގެ ފެންވަރުގައި އަދި ޢާއިލީ ފެންވަރުގައިވެސް މަސައްކަތް ކުރުން މުހިންމު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

ލިޔުންތެރިކަމުގެ ފަންނު ކުރިއެރުވުމާއި، ޒުވާނުންގެ ޝަޢުގުވެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އިސްލާމީ ރިވެތި އަޚުލާޤު އަށަގަންނުވަންޖެހޭ: ހީނާ

Nimaal

ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތުން ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވެގެންދޭ: ވަޒީރު ހީނާ

Heena

އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މަތީގައި ޤައުމު ދެމެހެއްޓުމުގެ ޒިންމާ އޮތީ ކުއްޖާ ތަރުބިއްޔަތުކުރުމުގައި: ހީނާ