ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އިސްލާމީ ރިވެތި އަޚުލާޤު އަށަގަންނުވަންޖެހޭ: ހީނާ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އިސްލާމީ ރިވެތި އަޚުލާޤު އަށަގަންނުވަންޖެހޭ ކަމަށާއި ޤައުމެއް ކުރިއަރާނީ އެޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ މާތް އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެންކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ޚާއްޞަ ހަފުލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ތަޢުލީމާއި ތަރުބިއްޔަތު އަދި ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް މި ޤައުމަށް ބޭނުންވާކަމަށެވެ. އަދި މިފަދަ ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން.” ވަޒީރު ހީނާ

ވަޒީރު ހީނާގެ ވާހަކަފުޅުގައި، ތުއްތު ދަރިންނަކީ އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ހުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް އަކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ހަފުލާގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުނަށް ވަނީ އިނާމު އަރުވާފައެވެ. އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއްވެސް ވަނީ ހުށަހަޅާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 1202 (1)

ހިރިގަލު ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު: ހީނާ

Nimaal

ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތުން ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވެގެންދޭ: ވަޒީރު ހީނާ

Heena

އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މަތީގައި ޤައުމު ދެމެހެއްޓުމުގެ ޒިންމާ އޮތީ ކުއްޖާ ތަރުބިއްޔަތުކުރުމުގައި: ހީނާ

ޕަލްސް – އާބާދީގެ ވިންދު 2045 އެގްޒިބިޝަން ފަށައިފި