ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ ވޮލީ ކޯޓް ހުޅުވައި ޒުވާނުންނަށް ހިނިތުންވުން ގެނެސްދީފި

WhatsApp Image 2026 10 11 at 16.03.13
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހއ. ދިއްދޫ ވޮލީބޯޅަ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތު ރޭ ދިއްދޫގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެމްޕަވަމަންޓް، ސްޕޯޓްސް، އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު މުބީން އާއި ދިއްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޮލީ ކޯޓު ހެދުމުގެ މަސައްކަތުގެ ދަށުން، ބިންގަނޑު އެއްވަރު ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި ކަރަންޓުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މިއީ 1.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

HajjCop_ads
Advertisement

WhatsApp Image 2026 10 11 at 16.03.12

އާބާދީގައި 4186 މީހުން ދިރިއުޅޭ ދިއްދޫގައި ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީކޯޓުގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވުގެންދިއުމާ އެކު، ދިއްދޫ ޒުވާނުންނަށް ވޮލީގައި އިތުރު ކުރިއެރުން ހޯދުމަށް ފުރުސަތު ހުޅުވި، ރަށަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ދެކެއެވެ.

WhatsApp Image 2026 10 11 at 16.03.14 (1)

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރު ކަމަށްވެފައި، ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 21 at 20.29.37

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ބާރަށް ކުރިއަށް

WhatsApp Image 2026 09 06 at 10.01.17

ހއ. ދިއްދޫގައި ތަރައްޤީކުރި ވޮލީ ކޯޓުގެ މަސައްކަތް ނިމިއްޖެ

Large thumb

ދިއްދޫގައި އިމާރާތްކުރާ 75 ފްލެޓްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި