ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅިން އަނެއްކާވެސް ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

–
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިން އަނެއްކާވެސް ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފިއެވެ.

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ، ޓޭންކަރަށް ހަމަލާ އަމާޒުވީ ހޮރްމޫޒު ކަނޑުއޮޅިން އުމާނާ ގާތުން ނުކުންނަން ދަނިކޮށް ކަމަށެވެ.

މި ހަމަލާގެ ސަބަބުން ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށާއި، ނަމަވެސް ޓެންކަރުގެ އެއްވެސް ކްރޫއަކަށް ކަމެއް ނުވާ ކަމަށް ބުނެފައި ވެއެވެ. އަދި ކަނޑަށް ތެޔޮ އެޅުމުގެ ކަމެއްވެސް ހިނގާފައި ނުވާކަމަށް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ނަމަވެސް، ޓެންކަރުގައި ރޯވެ އަލިފާނާއި ބޯދުން އަރަމުންދާ މަންޒަރު  ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންނެވެ.

ހަމަލާގެ ފަހުން އައިއާރްޖީސީން ބުނެފައިވަނީ، އީރާނުން ހޮރްމޫޒް ބަންދުކޮށްފައި އޮތް އޮތުމާ ޚިލާފްވެ ދަތުރުކުރަން މަސައްކަތް ކުރާ އުޅަނދުފަހަރު ހުއްޓުވާނޭ ކަމަށެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ކަމަށްވާ އަދި ޑެޕިއުޓީ އާރމީ ކޯޑިނޭޓަރ ހަބީބުﷲ ސައްޔާރީ ވިދާޅުވީ، އީރާނުގެ އެންގުންތަކާ ޚިލާފްވާ އުޅަނދުފަހަރަށް ހަމަލާ ދޭން ޖެހިއްޖެނަމަ ހަމަލާވެސް ދޭނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ދުޝްމަނުންގެ އުޅަނދުތަކަށް މިހާތަނަށްވެސް އެތައް ގެއްލުންތަކެއް ދީފައިވާނޭ ކަމަށާއި، އީރާނާ ދެކޮޅަށް ކަމެއް ހިންގައިފިނަމަ އަނެއްކާވެސް ހަމަލާ ދޭނޭ ކަމަށެވެ.

އީރާނުގެ އެންގުންތަކާ ޚިލާފްވާ އުޅަނދުތަކާއި، ދުޝްމަނުންގެ އުޅަނދުތަކަށް ހަމަލާދޭން ބޭނުންވާ ވަސީލަތްތަކާއި ގާބިލްކަން އީރާނުގައި އެބަހުރި ކަމަށްވެސް، އީރާނު ޑެޕިއުޓީ އާރމީ ކޯޑިނޭޓަރ ހަބީބުﷲ ސައްޔާރީ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލަންކާ ކައިރީގައި އޮތް އީރާނުގެ 19 ބޯޓަށް ސާމާނު ފޯރުކޮށްދިނުމުގެ ޕްލޭނެއް އަދިނެތް: ސްރީލަންކާ ސަރުކާރު

ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބުގެކުރިން އީރާނަށް ހަމަލާ ނުދޭނަން: ޓްރަމްޕް

ހޮރްމޫޒުގައި ހުރި ޣައިރުގާނޫނީ ރޫޓުތައް ވަރަށް އަވަހަށް ބަންދުކުރާނަން: އީރާން

އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަ ނުކުރަނިސް ހޮރްމޫޒު ނުހުޅުވޭނެ: ގާލިބާފް