ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މިދިޔަ އަހަރުގެ ނިޔަލަށް 11000އަށް ވުރެގިނަ މުދައްރިސުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް މޯލްޑިވްސްއިން އާއްމުކުރި ތަފާސްހިސާބުތަކުގައިގައި ރާއްޖޭގައި ތިބި ދިވެހި މުދައްރިސުންގެ އަދަދު 8924އަށް އަރައެވެ. އަދި 2457 ބިދޭސީ މުދައްރިސުން ރާއްޖޭގައި ހަރަކާތްތެރިވެފައިވާއިރު، މުދައްރިސުންގެ ޖުމްލަ އަދަދަކީ 11,381އެވެ. މި އަދަދުގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތައް ހިމެނެއެވެ. މުދައްރިސުންގެ ތެރެއިން 8843 މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެން 2538 މުދައްރިސުން ރާއްޖޭގައި އެބަތިއްބެވެ.

ހިނގަމުން މިދާ ދިރާސީ އަހަރުގައި ސަރުކާރުގެ 218 ސްކޫލެއްގައި 77،000އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމް ޙާސިލްކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ ތަޢޫލީމީ ނިޒާމު ހަރުދަނާކޮށް ތަޢުލީމީ ފެންވަރު މަތިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.