މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރު، އާމިނަތު އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހިނގި މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ، އެ ދަރިވަރު ދަތުރުކުރި ކާރު އެހެން ވެހިކަލަކާ ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ދަރިވަރުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ދަރިވަރު ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، މަރުހޫމާގެ ފުރާނައަށް މާތްﷲ ގެ ތަނަވަސް ރަހުމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލައި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.










ކިޔުންތެރިންގެ ހިޔާލު