ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި، ވ. ކެޔޮދޫ، އަލިވާގޭ، އަބްދުއްލަތީފް ހަސަން އަވަހާރަވުމުން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

"އެކްސް" މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އާއްމުކުރެއްވި ތައުޒިޔާގެ މެސެޖުގައި ވަނީ، އަބްދުއްލަތީފް ހަސަން އަވަހާރަވުމުގެ ހިތާމައިގައި، މަރްހޫމްގެ އާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، އަބްދުއްލަތީފް ހަސަން އަކީ ފެލިދެ އަތޮޅު އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަގާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި، ހަރުދަނާ ޝަހްސިއްޔަތެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސްގެ މެސެޖު ނިންމަވާލައްވަމުންވަނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ.