ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭ ހޯދުމުގެ ދަތިތައް ޙައްލުކުރުމަށް މޮބައިލް ޚިދުމަތެއް ފެށުމަށް ތައްޔާރުވަނީ

Qw
STO_Ads
TTH_Ads
Maldivian_Ads
Advertisement

ލޭ ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި، އެ މީހަކު ހުރި ތަނަކަށް ގޮސް ލޭ ނެގޭނެ މޮބައިލް ޚިދުމަތެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ލޭ ދޭނެ މީހުން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއެވެ. އަދި ލޭ ދޭނެ މީހުން ލިބޭ ޙާލަތްތަކުގައިވެސް، ލޭ ދިނުމުގެ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން ބައެއް މީހުންނަށް ލޭ ނުދެވޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަގުތުގެ ދަތިކަން ހުރުމުގެ ސަބަބުން، ލޭ ދިނުމަށް ޚާއްޞަ ސެންޓަރުތަކަށް ދިއުމަށް ބައެއް މީހުންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މިއީ ލޭ ދޭން ބޭނުންވާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރާ ޚިދުމަތެކެވެ.

HajjCop_ads
Advertisement

މި މޮބައިލް ޚިދުމަތުގެ ދަށުން ލޭ ދޭ މީހާ ހުރި ތަނަކަށް ގޮސް ލޭ ނެގުމަށްފަހު، އެ ލޭ ކަމާބެހޭ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރިކަމާއެކު ރައްކާކުރެވޭނެއެވެ. މިއީ ލޭ ހަދިޔާކުރުމުގެ މަރުޙަލާ އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

ލޭ ލިބުމުގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، އަތޮޅުތަކުގައި ލޭ ރައްކާކުރެވޭނެ 4 ސްޓޯރޭޖް ފެސިލިޓީ ނުވަތަ ބްލަޑް ބޭންކް މިހާރު ވަނީ ޤާއިމުކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ލޭގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބޭނީ ލޭ ދޭ މީހުންގެ އަދަދު އިތުރުކުރެވިގެންނެވެ.

ރާއްޖޭގައި ލޭ އެންމެ ބޮޑަށް ބޭނުންވަނީ ތެލަސީމިއާ ކުދިންނަށާއި، އެކިއެކި އޮޕަރޭޝަންތަކަށާއި، ތަފާތު ބަލިތަކަށް ފަރުވާހޯދާ މީހުންނަށެވެ. މިވަގުތު ރާއްޖޭގައި 600 އަށްވުރެ ގިނަ ތެލަސީމިއާ ޕޭޝަންޓުން ތިބިއިރު، އޭގެތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެމުންދަނީ މާލޭގައެވެ.

މި ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ލޭގެ ޑީއެންއޭ ހެދޭނެ ޚާއްޞަ ލެބޯޓްރީއެއްވެސް މިއަހަރުގެ ތެރޭގައި ވަނީ ހުޅުވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު