ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްގަމު ތޮށިލުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 29 at 17.59.17
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢަކީ ކުޑަހުވަދޫ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ 83.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2025 ޖޫން 5 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން 103,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 5,545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 180 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން 70 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި 2,265 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

އާބާދީގައި 4,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޑަހުވަދޫއަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. އެ ރަށު ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަންނެލި އޮޑިތަކާއި، މީހުންނާއި މުދާ އުފުލާ ބޯޓުތަކާއި، ލޯންޗު އަދި ޑިންގީތައް އަޅާފައި ބޭއްވުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފުރިހަމައަށް ނިމުމުން، ދަތުރުފަތުރުގެ ނިޒާމަށާއި ރަށުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް