ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު އީގަލް ހިލްސްއަށް ލިބުމަކީ ފަހުރެއް: އަލައްބާރު

788
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫއު ހިންގުމުގެ ފުރުސަތު ލިބުމަކީ ކުންފުންޏަށް ލިބުނު ބޮޑު ފަހުރެއް ކަމަށާއި ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެއްޖެއެވެ.

މި މެސެޖަކީ ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އޭނާ ހިއްސާކުރެއްވި މެސެޖެކެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު އާންމުކުރި މި މެސެޖުގައި، ދިވެހިން އީގަލް ހިލްސްއަށް ކުރި އިތުބާރަށް އަލައްބާރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު މި ތާރީހީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަބޫދާބީގައެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ.

HajjCop_ads
Advertisement

އަލައްބާރު ވިދާޅުވި ގޮތުގައި، ﷲ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް މަސައްކަތްކޮށް، އެތަން ތަރައްގީ ކުރާނީ ހުރިހާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމައަށް އެކުލެވޭ ގޮތަށެވެ. އެގޮތުން އެ ސިޓީގައި ރީތި ގޮނޑުދޮށްތަކާއި، ރެސްޓޯރެންޓްތަކާއި، ހޮޓާތަކުގެ އިތުރުން ކުޅިވަރު ކުޅޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއު ނިމުމުން އެތަނުން ޕްރޮޕަޓީއެއް ގަންނަ ފަރާތްތަކަށް، މުޅި ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ ވިޔަފާރިއަކުން ލިބޭނެ އެންމެ ރަނގަޅު މާލީ ފައިދާ ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް އީގަލް ހިލްސްގެ ޗެއާމަން ވަނީ ދެއްވައިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

FotoJet

ޔާމީނަށް ޢަބްދުއްރަޙީމްގެ ހޫނު ރައްދެއް: ރަސްމާލެ މަޝްރޫޢު ލަސްތަކެއް ނުވެ ފެށޭނެ!

449662 3 53fd565af92887910123f3d7abaa218cc8c028bc

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ