ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެލިވަރުގައި ތަރައްގީކުރާ 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޅ. ފެލިވަރުގައި ތަރައްގީކުރަމުން އަންނަ 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ކުރިއަށްއޮތް މަސްވެރިންގެ ދުވަހާ ދިމާކޮށް އެތަން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

ފެލިވަރު ކޯލްޑް ސްޓޯރޭޖް ތަރައްގީކުރުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ ރައިނެކް ކުންފުނިން ހާމަކުރި ގޮތުގައި ފިނިޝިންގ މަސައްކަތްތައް ނިމުމާއެކު، ވަސީލަތްތައް ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަރުހަލާ ފެށިގެންދާނެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން، ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ތެރެއިން 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 80 ޓަނުގެ އާރް.އެސް.ޑަބްލިއު އަދި 100 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ހިމެނޭ އިމާރާތެއްގެ އިތުރުން، މުޅި ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކުރާ އައު އިންޖީނުގެއެއް ހިމެނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއަށް ހާއްސަކޮށްގެން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައި އެކި ވަސީލަތްތައް ގާއިމުކުރަމުންދާއިރު، މަސް ކިރުމަށާއި އުފުލުމަށް ތަރައްގީކުރި އައު ބަނދަރުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި މަސް ބޭލުމުގެ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން އެ ބަނދަރުގައި 3 ކެރޭން ވެސް ވަނީ ހަރުކޮށް ނިންމާފައެވެ.

ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ ހިދުމަތް ފެށުމާއެކު، އުތުރުގެ މަސްވެރިން މަސް ކިރުވުމަށްޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ. މީގެ ސަބަބުން ދަތުރުފަތުރަށާއި ތެލަށް ހިނގާ ބޮޑު ހަރަދު ކުޑަވެ، މަސްވެރިންނަށް އިގްތިސާދީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މުޅި ރާއްޖޭގައި 110 ކަނދުފަތި ޤާއިމުކޮށްފި

masverin

މަސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި

Masverin

މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

mifco fishing masverin

މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން މިހާތަނަށް 106 ކަނދުފަތި ޤާއިމުކޮށްފި