ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ސަރަހައްދުގެ ހޮސްޕިޓުތަކަށް ދެއަހަރު ތެރޭގައި 189 އެނދުން 316 އެނދު އިތުރުކޮށްފި

hulhumale hospital
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓާތަކަށް ތިރީސް އަހަރުން އެނދު އިތުރުނުކުރެވޭ މިންވަރަަށް ފާއިތުވި ދެ އަހަރާއި ދިހަ ވަރަކަށް މަސްދުވަހުގެ ތެރޭ އެނދު އިތުރުކުރެވިފައިވާކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ހާމަކުރައްވަައިފިއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަަރު” ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ހަލީމް ވިދާޅުވީ މާލޭ ސަރަަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރާއި، އަލަށް ހަސްފަތާލުތަކުގައި ތައާރަފުކުރާ ހިދުމަތްތަކާ އެކަށޭނެ މިންވަރަށް އެނދު ނެތުމުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނިމުނު ދެ އަހަރާއި ދިހަ ވަރަކަށް މަސްދުވަހުގެ ތެރޭ އެނދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެނދު އިތުރުކުރެވުނު ނަމަވެސް އަދިވެސް ބޭނުންވާ މިންވަރަށްވުރެ އެނދު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވި ހިދުމަތް ދޭން ފެށިއިރު މާލޭ ސަރަހައްދުގެ އާބާދީއަކީ 62،000 އެއްހައި މީހުންކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ އެއިރު މާލޭ ސަރަަހައްދުގައި ސަރުކާރު ހޮސްޕިޓާތަކުގައި ހުރީ 189 އެނދު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މާލޭ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ އަދަދަކީ 316 އެނދު ކަމަށް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވި ގޮތުން އެ ދިގު މުއްދަތުގައި އިތުރުކުރެވުނީ 127 އެނދު ކަމަށެވެ.

HajjCop_ads
Advertisement

“އެކަމަކު މިވީ ދެ އަހަރާއި ދިހަ މަސްދުވަހުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭ ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މިވަނީ  194 އެނދު އިތުރުކޮށްފަ. އެހެންވީމާ ކޮމްޕެއާ ކޮށްލާއިރު 30 އަހަރު ތެރޭ 127 އެނދު، އެކަމަކު ދެ އަހަރާއި ބައިގެ ތެރޭ 194 އެނދު އިތުރުވެއްޖެ. އެކަމަކުވެސް އޭގެ ފަހުންވެސް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން،” 

އެނދުގެ އަދަަދު އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލަައްވަމުން ހަލީމު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު 28 އެނދުގެ ވޯޑެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެއީ މެޑިކަލް ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެކެވެ.

“އެއީ މި ސަރަހައްދުގެ އާބާދީއަށް ބަލާއިރު ވަރަށް ކުޑަ މިންވަރެއް. 62،000 މީހުންގެ އާބާދީއަކުން ގްރޭޓާަ މާލޭ އޭރިއާގެ ސެންސްއިން ދައްކާ ގޮތުން އާބާދީ އެބައުޅޭ 240،000 އެއްހައި މީހުން. މިއީ ރެޖިސްޓާޑް އާބާދީ. އަދި މި ސަރަަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ބިދޭސީންނާ މިހުރިހާ މީހުންނަކީ އެޑިޝަނަލް،” ޙަލީމު ވިދާޅުވިއެވެ.

އޭގެ އިތުރަށް އައިޖީއެމްއެޗްގައި ހުންނަ ޖެނެރަލް ވޯޑު އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި އެނދުތައް އިތުރުކުރެވުމުމަކީ އިތުރު ހިދުމަތްތައް ތައާރަފުކޮށް މިހާރުވެސް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމާއެކު ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަަޖައްސައިދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ވަކި ގަޑިތަކެއްގައި މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

Qw

މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް ފިޔަވަޅު އަޅަން ފަށަނީ

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

Large 170819522430tbxu

މާލޭގައި އިމާރާތްކުރާ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާނެ