ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއަށް ބޮޑު އަގުގައި އޭސީ ގަތް މައްސަލައެއްގައި ޖުނައިދަށް ދައުވާކުރަން ފޮނުވަނީ

Qw
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.

އެމްޕީއެލްއިން ގަވާއިދާ ޚިލާފަށް އަދި މާކެޓު އަގަށްވުރެ ބޮޑު އަގުގައި އޭސީ ޔުނިޓްތަކެއް ގަނެފައިވާ މައްސަލައެއް ބެލުމަށްފަހު، އެ ކުންފުނީގެ ކުރީގެ ވެރިންނަށް ދައުވާކުރުމަށް މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދާއި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އޭރުގެ ހެޑް އަބްދުލްވައްހާބުގެ މައްޗަށެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއަށް އަށާރަ އެއަކޮންޑިޝަން ޔުނިޓް ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލައެކެވެ. އެ ތަކެތި ގަނެފައިވަނީ ދައުލަތުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީއާ ޚިލާށް ކަމަށް އޭސީސީން ބުނެފައިވެއެވެ.

HajjCop_ads
Advertisement

އެ މުދާ ހޯދާފައިވަނީ އާންމުކޮށް އިއުލާންކުރުމެއްނެތި، ބޯޑުގެ ހުއްދައެއް ހޯދުމަކާވެސް ނުލައި ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި އެ ތަކެތި ގަނެފައިވަނީ އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނងާތް އަމިއްލަ ފަރާތަކުން، އެ ދުވަސްވަރުގެ މާކެޓު އަގަށްވުރެ ބޮޑު އަގުތަކެއްގައި ކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ.

މި މުޢާމަލާތުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ. އެގޮތުން އެ ތަކެތި ގަތުމަށް ޖުމްލަ 1,083,998.00  ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ކުރަން ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. މީގެއިތުރުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެއާ ޚިލާފަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް މި ދައުވާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޝަނުން މަޢުލޫމާތުދީފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

472812 55af6ac5 d

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

HSPSDOCaYAApIDN

އައްޑޫ ލިންކް ރޯޑު މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ