ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިލޭ އެހީގެ ގޮތުގައި 499 މިލިޔަން ރުފިޔާ، އަންދާޒާކުރި ޢަދަދަށްވުރެ އިތުރު

finance ministry
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ފާއިތުވި 8 މަސް ދުވަހުގެތެރޭގައި 499 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ނެރުނު އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުތެރޭ ލިބޭނެ ކަމަށް އަންދާޒާ އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިޔަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ހިލޭ އެހީގެގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެވެސް އިތުރުވެފައެވެ. މިދިޔަ އަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބިފައިވަނީ 252.4 މިލިޔަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން، 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ %8.5 ގެ އިތުރުވުމެކެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

ރިކަރަންޓް ޚަރަދު %18.6 އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %6.9 އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.

ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީއާއި ހިލޭ އެހީ ޚަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު %68.6 ދަށް އަދަދެކެވެ. ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 31.6 ބިލިއަނަށް

utheemu council

ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި

finance ministry

ވީކްލީ ފިސްކަލް ރިޕޯޓް: ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް

ހަތަރު ރަށެއްގެ މިސްކިތް ބިނާކުރުމުގެ ބީލަމަށް ހުޅުވާލައިފި