ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސާފުތާހިރުކޮށް ބަލަހައްޓައިފިނަމަ އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: މޭޔަރު

Qw
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެ ސަރަހައްދުގައި އުފެދޭ ކުނި މަދުކޮށް ފަރުވާތެރިކަމާއެކު އުޅެން ފަށައިފިނަމަ ކުނި އުކައިލުމުގެ ޚިދުމަތަށް ހިނގާ ޚަރަދުން އަހަރަކު ސާޅީސް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައިގެން މާލޭ ސިޓީ ކައުންސިލާއި އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކުރުމަށް ބޭއްވި ހަރަކާތް ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި މޭޔަރު މިހެން ވިދާޅުވީ މާލޭގައި ކުނި މެނޭޖުކުރުމަށް ބޮޑު ޚަރަދެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުންނެވެ.

މާލޭގައި ކުނި އުކައިލުމުގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުން މަހެއްގެ މައްޗަށް ތިން މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޚަރަދުކުރަންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިގޮތަށް ނެގޭ ކުނިތަކަކީ އިންސާނުންގެ އިހުމާލުން މަގުމައްޗާއި ތަފާތު ސަރަހައްދުތަކަށް އަޅާ ކުނިކަން ފާހަގަކުރައްވައި، މާލޭގައި ދިރިއުޅޭ ރައްޔިތުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

HajjCop_ads
Advertisement

މާލެ ސިޓީ ކައުންސިލުން އުކައިލަން ގެންދާ ކުނިތަކަށް ވެމްކޯއިން އިތުރު ފީއެއް ނަގާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އާންމު ފަރާތަކުން ކުނި އުކައިލަން ގެންދާއިރު ނަގާ އަގަށްވުރެ ކައުންސިލްގެ އަތުން ބޮޑު އަގެއް ނަގާ ކަމަށެވެ. އެހެންކަމުން ރައްޔިތުން ކުނިމެނޭޖުކުރުމުގައި ޒިންމާދާރުވެއްޖެނަމަ، އެ ފައިސާ ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ދިނުމަށް ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި ނޭޅުމަށާއި، ބޭނުންނުވާ ވަރަށް ކާބޯތަކެތި ނުއުފެއްދުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަރަންޓު ފޮށިތައް މައްޗަށާއި ޑަސްބިންތަކުގެ ބޭރަށް ކުނި އެޅުމުގެ އާދަ ހުއްޓައިލައި، ކޮންމެ މީހަކުވެސް އަމިއްލައަށް ކުނި މެނޭޖުކުރަން ދަސްކުރުމަށް މޭޔަރު އާދަމް ޢާޒިމ୍ ގޮވައިލެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފި

ގަލޮޅު ސިޓީ ޕާކު މަރާމާތަށްފަހު މިއަދު އަލުން ހުޅުވައިފި