ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ކެޕްޓަން ލަޔޮނަލް މެސީ އާޖެންޓީނާގެ ޓީމަށް ނަގައިފިއެވެ. އޮކްޓޫބަރު މަހުގެ ހަ ވަނަ ބެނިންއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް މެސީ ޓީމުގައި ހިމެނީ އޭނާގެ ވަދާއީ މެޗަށް އެ މެޗު ހެދުމަށެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއާ ޓަޕިއާ ވިދާޅުވީ މި މެޗު ކުޅެނީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި ކަމަށްވުމުން މިއީ ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރުމަށް މެސީ އަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސަޕޯޓަރުންނަށް އަލްވަދާއު ކިއުން ކުލަގަދަވާނެ.
Advertisement
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއާ ޓަޕިއާ ވިދާޅުވިއެވެ.
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މި މެޗުގައި ކުރާނެ ގިނަ ކަންތައްތަކެއް ވަނީ އެކުލަވާލާފައެވެ. މި ގޮތުން އެންމެ މުހިންމު ކަމަކީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ވަދާއީ ހަދިޔާ އެއް މެސީ އަށް ދިނުންކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯގެ ގިނަ ބަޔަކު ވަނީ ލަފާދީފައެވެ.
އުމުރުން 39 އަހަރުގެ މެސީ އަކީ އާޖެންޓީނާގެ އިތުރުން ގިނަ ބައެއްގެ ނަޒަރުގައި ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އެވެ. އޭނާ ފަދަ އެހެން ކުޅުންތެރިއަކު ދުނިޔެއިން ފެނިފައިވާ ނުވާ ކަމަށް އެއްބަސްވާ މީހުން ގިނަ އެވެ. 21 އަހަރު ގައުމީ ޓީމަށް ކުޅެ އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާ އާއި ފައިނަލިސިމާ ކަޕާއި އޮލިމްޕިކް ގޯލްޑް މެޑަލް އާޖެންޓީނާ އަށް ހޯދައިދީފައެވެ.











ކިޔުންތެރިންގެ ހިޔާލު