ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

saudi
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ އެ ގައުމުން އިންޒާރު ނެރުނު ނަމަވެސް، މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ސައުދީ ސިފައިންނާ ދެމެދު ކުރިމަތިލުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސައުދީގެ ސިވިލް ޑިފެންސުން ވަނީ އެ ގައުމުގެ ކުއްލި ނުރައްކަލުގެ އެލާޓް ނިޒާމު މެދުވެރިކޮށް މައްކާ، ޖިއްދާ އަދި ތާއިފްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގައި އިންޒާރު ނެރެފައެވެ. ނަމަވެސް، އެއީ ކޮން ކަހަލަ ނުރައްކަލެއް ކަމުގެ ތަފުސީލެއް ސައުދީގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެ އިންޒާރާ ގުޅިގެން މައްކާގައި ތިބި ދިވެހިންގެ ހާލަތު ބެއްލެވުމަށްފަހު، ޝަހީމް މީޑިއާތަކަށް ވިދާޅުވީ، ދިވެހި އުމްރާވެރިންގެ ހާލު މާތް ﷲ ގެ އިރާދަފުޅާއެކު ރަނގަޅު ކަމަށެވެ.

HajjCop_ads
Advertisement

“މިވަގުތު މައްކާގައި ތިބި އެންމެހައި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު. އެއްވެސް ނުރައްކަލެއް ނެތް” ޝަހީމް

ސައުދީ ސިވިލް ޑިފެންސުން ވަނީ އާންމުން ހާސްނުވެ، އިމާރާތްތަކުގެ އެތެރޭގައި ތިބުމަށާއި، ކުޑަދޮރުތަކާއި ބެލްކަނި އަދި ހާމަކަން ބޮޑު ތަންތަނާ ދުރުހެލިވުމަށް އިރުޝާދު ދީފައެވެ. އަދި މަގުމަތީގައި ތިބި މީހުން އުސް އިމާރާތްތަކާއި ފާލަންތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށާއި، ކަމާބެހޭ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިފަހަކަށް އައިސް ހޫތީން ސައުދީގެ އެކި ސިޓީތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުން އަންނައިރު، ސައުދީން ވެސް ދަނީ ޔަމަނުގައި ހުރި ހޫތީންގެ އަމާޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gojjtdiacaaulof

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް

Dr shaheem

ސިހުރު ހޯދަން މަހާނަ ކޮނުމަކީ ހަރާމްކަމެއް: ޝަހީމް

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު