ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!

HSEdg6haoAA50X9
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްސަ ހެދުމެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު އަދި އާންމުކޮށް އިމާމު ކަމުގެ ވަޒީފާ އަދާ ކުރައްވާ އިމާމުން ނަމާދު ކުރާ ގަޑިއަށް ޚާއްސަ ހެދުމެއް ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށާއި، ތާކިހަލެއް ވެސް ހިމެނޭހެން އެ ހެދުން ފަރުމާ ކުރަން ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ވަޒީރު ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު އާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއްކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމަށާއި މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. މިގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް ތާޢީދުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިމާމުން ނަމާދު ކުރުމަށް މިހާރު ވަކި ހެދުމެއް ކަނޑައަޅާފައެއް ނޯވެއެވެ. ނަމަވެސް އީދު ނަމާދާއި ހުކުރު ނަމާދަށް ދާއިރު އިމާމުން، އަރަބިން ބޭނުން ކުރާ ހެދުން ނުވަތަ ޖުއްބާލައެވެ.

މިސްކިތްތަކުގައި އިމާމްކޮށް ނަމާދުކުރާ މީހުންނަށް ޚާއްސަ ހެދުމެއް ތައްޔާރުކުރުމަށް ނިންމާފައިވާއިރު ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ބޭނުންކުރުމަށް ގައުން އަދި ތާކިހާ އެއް ވެސް ތައްޔާރުކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gojjtdiacaaulof

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް

Dr shaheem

ސިހުރު ހޯދަން މަހާނަ ކޮނުމަކީ ހަރާމްކަމެއް: ޝަހީމް

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު