މޯލްޑިވިއަންއިން ދ. ކުޑަހުވަދޫއަށް ބާއްވާ ޝެޑިއުލް ދަތުރުތައް ޚާއްސަ ޕްރޮމޯޝަނަކާއެކު އަންނަ ބުރާސްފަތި ދުވަހު ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
މާލެއާއި ކުޑަހުވަދުއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ނިންމާފައިވާއިރު، މި ޕްރޮމޯޝަންގެ ދަށުން އެއްކޮޅަށް ޓިކެޓެއްގެ އަގަކީ 1,111 ރުފިޔާއެވެ. އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަނާއި އޮފީސްތަކުގެ އިތުރުން ސޭލްސް ޗެނަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ޓިކެޓް ލިބެން ހުންނާނެ ކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ދ. އަތޮޅާ ދެމެދު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މީގެ ސަބަބުން ތައުލީމީ އަދި ސިއްހީ ބޭނުންތަކަށާއި ވަޒީފާގެ ބޭނުމުގައި ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ފާހަގަކުރެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ކުޑަހުވަދޫއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން، ދ. އަތޮޅުގެ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އެކަމުގެ ފައިދާ ކުރާނެއެވެ. ކުޑަހުވަދޫއަށް ދަތުރުތައް ފެށުމާއެކު، މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް ބާއްވާ އެއާޕޯޓުތަކުގެ އަދަދު 18 އަށް އިތުރުވެގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު