ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަނީ

88887
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދ. ކުޑަހުވަދޫގައި އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމައިފިއެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމް ވިދާޅުވި ގޮތުގައި، މޯލްޑިވިއަންއާއެކު މަޝްވަރާތައް ފެށީ އެ އެއާޕޯޓަށް ކުރިން ދަތުރުކުރި މަންތާ އެއާގެ ޝެޑިއުލް ދަތުރުތައް މަދުވެ، އެކަމުގެ ދަތިކަން އާންމުންނަށް ކުރިމަތިވުމުންނެވެ. އެ މަޝްވަރާތަކާ ގުޅިގެން މޯލްޑިވިއަންއިން ވަނީ ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

އެއާލައިނުން ދީފައިވާ މައުލޫމާތަށް ހަވާލާދެއްވައި ސަލީމް ވިދާޅުވީ، ދަތުރުތައް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑަނޭޅުނު ނަމަވެސް، މި މަހުގެ ތެރޭގައި ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ ބުކިން ސިސްޓަމް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދާރީ އިތުރު ކަންކަން ހަމަޖެހުމުން ޝެޑިއުލް އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޯލްޑިވިއަންގެ އޮފިޝަލް ވެބްސައިޓުގައި ދަތުރުކުރާ މަންޒިލްތަކުގެ ލިސްޓަށް މިހާރު ވަނީ ކުޑަހުވަދޫ އިތުރުކޮށްފައެވެ.

މަންތާ އެއާގެ ޑޮމެސްޓިކް ދަތުރުތައް މަދުކުރުމާ ގުޅިގެން، މޯލްޑިވިއަންއިން މީގެ ކުރިން އައީ މަންތާގެ އެދުމުގެ މަތިން އެ ރަށަށް ޗާޓަރު ދަތުރުތަކެއް ކުރަމުންނެވެ.

ކުޑަހުވަދޫ އެއާޕޯޓަކީ ދާލު އަތޮޅުގައި ހުރި މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގެ އިތުރުން، މާލެއާއި އެ އަތޮޅާ ދެމެދު ދަތުރުކުރާ އާންމު ރައްޔިތުންނަށް ވަރަށް މުހިންމު ހަބެކެވެ. މީގެ ކުރިން އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުންދިޔައީ ހަމައެކަނި މަންތާ އެއާއިންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި

Maldivian

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ބެންކޮކަށް