ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި

–
TTH_Ads
STO_Ads
Maldivian_Ads
Advertisement

އީރާނުގެ ވިޔަފާރި އުޅަނދަކަށް އެމެރިކާ ސިފައިން ދިން އުދުވާނީ ހަމަލާ، އީރާނުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާ ދީފައިވަނީ ހޮރްމޫޒު ކަނޑުއޮޅީގެ ގޭޝްމް ކައިރިން ދަތުރުކުރި ވިޔަފާރި އުޅަނދަކަށެވެ.

މި އުޅަނދަށް ދިން ހަމަލާގައި އެކަކު މަރުވެ އިތުރު ތިން މީހުން ޒަޚަމްވި ކަމަށް ގޭޝްމް ކައުންޓީގެ ގަވަރްނަރާ ހަވަލާދީ، އީރާނު ސަރުކާރުގެ މީޑިއާއިން ހާމަކޮށްފައި ވެއެވެ.

HajjCop_ads
Advertisement

އީރާނުގެ ވިޔަފާރި އުޅަނދުފަހަރުގެ އިތުރުން، އީރާނުގެ ތެޔޮ ޓޭންކަރުތަކަށްވެސް އެމެރިކާ ސިފައިން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިފަހުން ދިން ހަމަލާތަކުގައި ބައެއް އުޅަނދުތައް ފެތިފައިވެސް ވެއެވެ.

އީރާނުންވެސް އެމެރިކާއަކަށް ދުލެއް ނުކުރެއެވެ. އެމެރިކާއަށް ނިސްބަތްވާ ތެޔޮ ޓޭންކަރުތަކާއި، އެމެރިކާ ސިފައިން ހިމާޔަތް ދީގެން ހޮރްމޫޒު ހުރަސްކުރަން އުޅޭ ހުރިހާ އުޅަނދަކަށާއި ނުވިތާކަށް އެމެރިކާގެ މަނަވަރުތަކަށްވެސް އީރާނުން ގެންދަނީ ކޮންމެ ދުވަހަކު ހަމަލާތައް ދެމުންނެވެ.

ހޮރްމޫޒު ކަނޑުއޮޅި މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރި މަޝްވަރާތަކަށްފަހު އެއްބަސްވުމެއް ހަދައި މިއަދު އިއުލާން ކޮށްފައިވާއިރު، ހޮރްމޫޒު ހުޅުވާ ވާހަކައެއް އޭގައި ނެތެވެ.

މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގެންނެވި އީރާނުގެ އިންގިލާބީ ލަޝްކަރުގެ އިސް ބޭފުޅަކު ވިދާޅުވީ، އީރާނުން ކަނޑައަޅާ ރޫޓުތައް ނޫން މަގަމުން ދަތުރުކުރާ ހުރިހާ އުޅަނދެއްވެސް ހުއްޓުވާނޭ ކަމަށެވެ.

ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާއަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބުނަމުންގެންދާތީ އީރާނުގެ އިންގިލާބީ ލަޝްކަރުން މިއަދުވަނީ ޓްރަމްޕަށް ގޮންޖަހާފައެވެ. ބުނެފައިވަނީ، ކޮންޓްރޯލް އޮތްކަން ދައްކަން އެމެރިކާ ސިފައިންގެ މަނަވަރެއް ހޮރްމޫޒާ ސަތޭކަވަރަކަށް ކިލޯމީޓަރަށް ގާތްކޮށްލުމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ބްލޮކޭޑަކީ ރައްޔިތުން ރުޅިއަރުވައި މަގުތަކަށް ނެރެން ކުރާކަމެއް: އީރާނުގެ ރައީސް

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

ހޫޘީން އުޅެނީ އިންތިޚާބުގެކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން: އެމެރިކާގެ ރައީސް