ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިން އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ: ޝަހީމް

2af59e3e fabe 4689 9a79 27265432e89d
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިއަދާ ހަމައަށް ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތް މުހިންމު ސަބަބުތަކަށް އަލިއަޅުވާލައްވައިފިއެވެ.

ވަޒީރު ވިދާޅުވީ، މާތް ﷲގެ ފަޟުޟުވަންތަކަމާއެކު، ޤައުމަށް ގޮންޖެހުންތައް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަކޮށްދެނީ އިސްލާމްދީން ކަމަށާއި، ވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި ރައްޔިތުން ކުރި ވަރުގަދަ ޖިހާދާއި، ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، އިސްލާމީ އުންމަތާއެކު އޮތް ބަދަހި ގުޅުމަކީ ރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ މައިގަނޑު ސަބަބުތައް ކަމަށެވެ. އަދި ދުސްތޫރީ އާއި ޤާނޫނީ ގޮތުން އިސްލާމްދީން ހިމާޔަތްވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މަޖިލީހުގެ ތެރެއިން ދީނާ ޚިލާފުނުވާ ގޮތަށް ޤާނޫނުތައް ހެދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމީ ދާއިރާއިން ކުރިއަށްދާ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ޒަކާތުގެ ޤާނޫނު ވުޖޫދުކޮށް ޒަކާތުގެ ފަންޑު ހަރުދަނާކުރުމާއެކު، 6 އަހަރަށްފަހު ޒަކާތުގެ ސްކޮލަރޝިޕް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އަދި ތާރީޚުގައި ގެންދެވޭ އެންމެ ބޮޑެތި ވަޤުފު މަޝްރޫޢުތައް ހިންގަމުންދާއިރު، “ދާރުލްނޫރު” މަޝްރޫޢު މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށި، އޭގެ ނަފާ ކުރިއަށް އޮތް 2 އަހަރު ތެރޭގައި ދައުލަތަށް ލިބެން ފަށާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ޙާފިޒުންގެ އެލަވަންސް ބޮޑުކޮށް، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ދީނީ ކަންކަމާއި ޤައުމުގެ މިނިވަންކަމާ ގުޅުންހުރި ކަންކަމުގައި ދިވެހިން އެއްބައިވަންތަ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

Nimaal

2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވާނެ: ވަޒީރު ޝަހީމް

Gojjtdiacaaulof

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް