ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން މިމަހު 13ގައި، ގިނަ ވަޞީލަތްތަކެއް ހުންނާނެ މިސްކިތެއް!

Large thumb
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުންގެ ބިންގާ އަންނަ އާދީއްތަ ދުވަހު އަޅާނެކަމަށާއި، އެ މިސްކިތުގައި ގިނަ ވަސީލަތްތަކެއް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވެއްޖެއެވެ.

މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 13ވާ އާދީއްތަ ދުވަހުއެވެ. ޑރ. ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތުގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމަށް ހިންގާ މަޝްރޫއުގެ ބިންގާ އެޅިގެންްދާނެ ކަމަށެވެ. އަދި އެ މުނާސަބާ ފާހަގަކުރާ ތާރީހުކަމަށްވާ ސެޕްޓެންބަރު 13ވަނައަށްވާ އާދީއްތަދުވަހުގެ ހަވީރު އެ މިސްކިތުގެ ބިންގާ އެޅުން އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ އެ މިސްކުތުގައި ހުންނާނެ ބައެއް ވަސީލަތްތަކުގެ ތަފުސީލުތައްވެސް އާއްމުކުރައްވާފައެވެ. މި މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ކޮމްޕްލެކްސްއަކީ ހަމައެކަނި ނަމާދު ކުރުމަށް އެކަނި ޚާއްޞަ ކޮށްފައިވާ ތަނެއްގެ އިތުރުން، އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މަރުކަޒެކެވެ.

HajjCop_ads
Advertisement

މި އިމާރާތުގެ ތެރޭގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ޙަރަކާތްތައް ހިންގުމަށް ޚާއްޞަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރެވޭނެއެވެ.

މީގެއިތުރުން އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތުގައި ހިމެނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރެވިގެންދާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މި މިސްކިތުގެ ތެރޭގައި ހުންނާނެއެވެ.

މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގައި 300 އަށްވުރެ ގިނަ ހަތީބުން

haafizun

ދިވެހި ޙާފިޡުންގެ ޢަދަދު 322އަށް

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އިސްލާމްވި ދުވަހު އަޅަން ތައްޔާރުވަނީ

Big fxrHwFbxCa7NOfOvrtzv64kwb

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސަޢުދީއަށް