ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އިސްލާމްވި ދުވަހު އަޅަން ތައްޔާރުވަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވިތާ 900 އަހަރުވީ ދުވަހު، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ހުޅުމާލޭގެ ބޮޑު މިސްކިތް ވާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ. މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިސްކިތުގެ ބިންގާ އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެ މިސްކިތް ވާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި އިމާންތެރިކަމާއި އިލްމާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ ތަރިކައަކަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހި ދެމެދުގައެވެ.

ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އެ ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. އެ މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big fxrHwFbxCa7NOfOvrtzv64kwb

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސަޢުދީއަށް

Igmh

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

90

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

Sstv FORM FOR EC

މ. އަތޮޅުގެ ފުރަތަމަ ޙާފިޒާއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި