ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުވަސްވީ ބޯހިޔާވަހި ކަމުގެ މައްސަލަތައް ދެން ހައްލު ކުރާނީ ސިވިލް ރައިޓްސް އޮފީހުން: މުއްތޮލިބް

Minister Muthalib
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުވަސްވީ ބޯހިޔާވަހި ކަމުގެ މައްސަލަތައް ދެން ހައްލު ކުރާނީ ސިވިލް ރައިޓްސް އޮފީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެއިން އަމިއްލަ މީހަކަށް ކުޑަ އަގެއްގައި ގޯއްޗެއް ވިއްކި މައްސަލައެއް ފެންމަތިވެ އާންމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. އެ ކަން ދިފާއުކޮށް ހައުސިން މިނިސްޓްރީން ބުނީ ގޯތި ވިއްކީ މީގެ 23 އަހަރު ކުރިން އެމީހާއަށް ގޯތި ވިއްކަން އެއްބަސްވި އަގަށް ކަމަށެވެ.

މިއަދު އަނެއްކާވެސް މިނިސްޓަރު މުއްތޮލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މި މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން މީގެ ފަހުން އެ ފަދަ މައްސަލަތައް ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް ކަމަށް ވިދާޅުވި އެވެ. އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވިދާޅުވި އެވެ.

އެމީހާއަށް ބިން ވިއްކި މައްސަލައިގަ އިއްޔެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2003 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އަހުމަދު ޒާހިރު ކިޔާ ފަރާތަކަށް ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339,00 ރުފިޔާއަށް ވިއްކުމަށް ނިންމާފައި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިން އޭނާއާ ހަވާލުނުކޮށް އޮތުމާ ގުޅިގެން ހައްލެއް ހޯދައިދިނުމަށް އެދި އޭނާގެ ފަރާތުން ސަރުކާރަށް ހުށަހަޅަމުން ދިޔަ ކަމަށް އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބިން ވިއްކަން ހަމަޖެއްސީ 2003 ވަނަ އަހަރު އެއްބަސްވި އަގުތަކާ އެއް ހަމައެއްގައެވެ.

މިނިސްޓްރީން ބުނީ ވިއްކަން ހަމަޖެއްސި ބިމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޭން ނިންމައިފައި އޮތް ބިމެއްގެ އެއްބަސްވުން ބާތިލުކުރުމުން ހުސްކޮށް އޮތް ބިމެކެވެ. މީގެ އިތުރުން އެ ފަރާތުން ގުޅީފަޅުން ލިބިފައި އޮތް ބިމެއް ދޫކޮށްލުމަށް ވެސް އެއްބަސްވެފައިވެއެވެ.

އެ ބިން ނުލިބި ހުރި މައްސަލައިގައި ހައުސިން މިނިސްޓްރީން ގޮތެއް ނިންމީ ފޭސް ދޭކުން 1,250 އަކަފޫޓުގެ ބިމެއް 468,750 ރުފިޔާ އަށް ވިއްކާ ގޮތަށެވެ. އެ ނިންމުމާ ގުޅޭ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި އާންމުވެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު